ނިގާބުވެގެން ތިބޭ މީހުންނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޅާފައި ހުންނަ ހެދުމާ ގުޅުވައިގެން ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ވަކިން ހާއްސަކޮށް އިސްލާމީ މުޖުތަމައުއެއްގައި ނިގާބުވެގެން ތިބޭ އަންހެނުންނަށް ފުރައްސާރަކޮށް ގަޔަށް އަތްލުމަކީ އަޅާނުލައި ދޫކޮށްލެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ ރޭ މަޖީދީމަގުން ހިނގާފައިދިޔަ އަންހެނަކަށް ފުރައްސާރަކުރި ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓުވީޓަކާ ގުޅިގެންނެވެ. އޭނާގެ ޓުވީޓުގައި ބުނެފައިވަނީ މަޖީދީ މަގުން އޭނާ ގެއަށް ދަނިކޮށް ފިރިހެނަކު އޭނާއާ ފޮށި، ފުރައްސާރަކޮށްފައިވާ ކަމަށާއި އޭނާގެ ކަންފަތް ކައިރީގައި "އޭ ނިންޖާ" އޭ ކިޔައި ބާރަށް ހަޅޭއްލަވައިގެންފައިވާ ކަމަށެވެ. އަދި އޭނާގެ ބުރުގާގައި ހިފައި ދަމައިގެންފައިވާ ކަމަށް ވެސް އެ ޓުވީޓުގައި ބުނެފައިވެއެވެ.
ނިގާބު އަޅައިގެން ތިބޭ މީހުން މީގެ ކުރިން ވަޒީފާއިން ވަކިކޮށް އަދި ނިގާބު އަޅާ ޓީޗަރުން ކިޔަވައިދޭ ގަޑީގައި ނިގާބު ނަގަން މަޖުބޫރުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު