އުރީދޫ ލަބް ޕްރީމިއަރ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އެބަ ގެންދެ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ އެމްފައިސާ މެދުވެރިކޮށް ބިލްތައް ދެއްކުމުންނާއި އަދި ވިޔަފާރި ކުރުމަށް ފައިސާ ދައްކާ އަދަދުގެ %5 އާއި ހަމައަށް އެމް-ފައިސާ އަނބުރާ އެ ކަސްޓަމަރެއްގެ ވޮލެޓަށް ރައްދުކުރެވޭނެއެވެ.
އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ބިލް ތަކުގެ ތެރޭގައި އުރީދޫ ބިލް ތަކުގެ އިތުރުން ޔުޓިލިޓީ ހިދުމަތްތަކުގެ ބިލްތައްވެސް ހިމެނެއެވެ. އެގޮތުން އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް، އަމާނާ ތަކަފުލް އަދި މީރާއަށް ވެސް އެމްފައިސާއިން ބިލްތައް ދެއްކެ އެވެ.
މީގެ އިތުރުން ރެޑްވޭވް، ވީބީ މާޓް، ކޭއެފްސީ، ގްލޯރިއާ ޖީންސް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށްވެސް އެމްފައިސާއިން ފައިސާ ދައްކާ ކޭޝްބެކް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫން ވަނީ އެމްފައިސާ މެދުވެރިކޮށް ވައިބާއިން ފައިސާ ފޮނުވޭ ހިދުމަތެއްވެސް ތައާރަފުކޮށްފައެވެ. ފައިސާ ފޮނުވުމަށް ވައިބާގެ ޗެޓް ހުޅުވުމަށްފަހު ޖިފް+ ބައި ހުޅުވައި އެމްފައިސާ ހިޔާރުކުރެވޭނެއެވެ. އެމްފައިސާ އެކައުންޓަށް ލޮގިން ވުމަށް ޕިން ޖެހުމަށްފަހު ފަައިސާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަދު ޖެހުމުން ފޮނުވޭނެއެވެ. އަދި "ޝެއާ ރިސީޓް" ސެލެކްޓް ކުރުމުން ފައިސާ ފޮނުވައި ރަސީދު ވެސް އަމިއްލައަށް ދާނެއެވެ.
އުރީދޫގެ އެމްފައިސާގެ ކޭޝްބެކް އޮފާއާ ހިސާބުން އަދި ނިންމާލެވޭކަށް ނެތެވެ. އެއީ އެމްފައިސާއިން ބިލްތައް ދައްކައި ވިޔަފާރިކުރުމުން އަންނަ ނޮވެމްބަރުގައި ގަތަރުގައި އޮންނަ ވޯލްޑް ކަޕް ސެމީފައިނަލް މެޗެއް ބަލަން ދިއުމުގެ ފުރުސަތުވެސް އޮތުމުންނެވެ.
އެގޮތުން އެމްފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ. މި ލަކީ ޑްރޯއަކީ އުރީދޫ ކަސްޓަމަރުން އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުންކޮށްގެންވެސް ބައިވެރިވެވޭ ލަކީ ޑްރޯ އެކެވެ.
މި ލަކީ ޑްރޯގައި ކޮންމެ ހަފުތާއަކު ހޮވޭ ދިހަ ނަސީބުވެރި ފަރާތަކަށް ސެމްސަންގް ބަޑްސް އާއި އެޕަލް އެއާޕޮޑްސް ފަދަ އަގުހުރި އިނާމުތައްވެސް ލިބޭނެއެެވެ. އޭގެ އިތުރުން ލަކީ ޑްރޯގެ ބޮޑު އިނާމެއްގެ ގޮތުން މިދިޔަ އޮގަސްޓް މަހުން ފެށިގެން އުރީދޫ ހިދުމަތްތައް ބޭނުންކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ހަތަރު ނަސީބުވެރި ފަރާތަކަށް ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.
އުރީދޫން ބުނީ ބޮޑު އިނާމު ލިބޭ ނަސީބުވެރި ފަރާތްތަކަށް ގަތަރަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ހުރުމުގެ އިތުރުން ސެމީ ފައިނަލް މެޗް ބެލުމަށް ދަނޑަށް ވަންނަ ޓިކެޓުވެސް މުޅިން ހިލޭ ލިބޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން މި ހާއްސަ ކޭޝްބެކް އޮފާ އާއި ލަކީ ޑްރޯ ކުރިއަށްގެންދާނީ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. ބިލްދެއްކުން، ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކުރުން، ގޭހަށް އޯޑަރު ކޮށްލުން ނުވަތަ ފިހާރަތުން އެމްފައިސާ މެދުވެރިކޮށް ވިޔަފާރިކުރުމަށް ކުރާ ކޮންމެ މުއާމަލާތަކާއެކު ހަފުތާގެ ނަސީބުވެރިއަކަށް އަދި މެޗް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް