އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށް ބުނެ ދައުރުވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މުއިއްޒު ރައީސް ކަމަށް އަދި ރަނިން މޭޓަކަށް އަލީ ރަމީޒު ހަމަޖައްސާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ޕޯސްޓުތަކެއް ދަނީ ދައުރުކުރަމުންނެވެ.
އެކަމާ ގުޅިގެން މުއިއްޒު "ވަން" އަށް މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.
މުއިއްޒު ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓުކަން ދީފައިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށެވެ. އަދި އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު