އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (އިޖުތިމާއީ ޒިންމާ) ގެ ދަށުން ހދ. ހަނިމާދޫގައި ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.
އެމްޓީސީސީން މިއަދު ވަނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ހަނިމާދޫގައި ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ އަޕްޑޭޓް ދީފައެވެ. އެގޮތުން ހަނިމާދޫގެ ވޭސްޓް މެނޭޖުމަންޓް ސަަރަހައްދު ސާފުކޮށް ނިންމާލާފައިވާ އިރު، އެރަށު ސްކޫލް ޕްލޭ ގްރައުންޑް ސާފު ކުރުމާއި ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ވެސް ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ހަނިމާދޫ ސްކޫލް "ބެލެނިވެރިންގެ ހިޔާ" ގެ ރޫފިން މަސައްކަތްތައް މިހާރު ކުރަމުން ގެންދާ އިރު، އެ ތަނުގައި މޭޒާއި ބެންޗު ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުންޏެވެ.
އޭގެ އިތުރުންވެސް ހަނިމާދޫ ޑްރައިވިން ލައިސެންސް ޓްރެކް ސާފުކުރުމުގެ މަސައްކަތް ނިމި އެތަނުގައި ކޮންކްރީޓް މަސައްކަތްތައް ފަށަން ޝެޑިއުލް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ހުރިހާ މަސައްކަތަކީ ވެސް އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތަކެވެ.
އެމްޓީސީސީން ވަނީ ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އަޅައި ނިންމާލައިފައެވެ. އަދި އެރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު