ހއ. ތުރާކުނުގައި އެމްޓީސީސީން ގާއިމުކުރި ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ރަށްތަކަށް ހައިސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ފެރީ ހަޓެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

އެމްޓީސީސީން މިއަދު ބުނީ މި ފެރީ ސްޓޮޕްގައި ކިއޮސްކަކާއި ޔުނިވާސަލް ފާހާނާއަކާއި ވެއިޓިން އޭރިއާއެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.

މި ފެރީ ސްޓޮޕަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. އެ ފިޔަވަހީގެ ދަށުން އިހަވަންދޫގައި ފެރީ ޓާމިނަލެއް ހަދައި ނިމިފައިވާ އިރު، މަކުނުދޫ އާއި ފިނޭ، ނާވައިދޫ އަދި ނޭކުރެންދޫ ފެރީ ހަޓްގެ މަސައްކަތްވެސް ވަނީ ނިންމާލައިފައެވެ.