ސިނަމާލެ ބުރިޖާ ގުޅޭ ހައިވޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 8:00 ހާއިރު ކަމަށާއި އެ އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

އެ އެކްސިޑެންޓްގެ ވީޑިއޯއެއް ދައުރުކުރަމުންދާ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ތާރުގަނޑު މަތީގައި އޮތް ފިރިހެނަކު ސްޓްރެޗާއަށް ލައިގެން އެމްބިއުލާންސްއަށް އަރުވައެވެ. އަދި ކަޅުކުލައިގެ ވޭވް ސައިކަލެއް ވެއްޓިފައި އޮތް މަންޒަރުވެސް ފެނެއެވެ.