ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، ފްލެޓަކުން ވެއްޓެން އުޅެނިކޮށް ސަލާމަތްކުރީ 18 އަހަރުގެ މީހެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.
އެމީހާ ވެއްޓެން އުޅުނީ ހިޔާގެ ކޮން ޓަވަރަކުން ކަމެއް ފުލުހުން ނުބުނެއެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުންވެސް ޖަވާބެއް ނުދެއްވައެވެ.
އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެމީހާ އޮތީ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެންނެވެ. އަދި އެމީހާ ސަލާމަތްކުރީ އެ އެޕާޓްމެންޓާ ސީދާވާ، 12 ވަނަ ބުރީގެ ބެލްކަނިން ބަޔަކު އެމީހާގެ ފައިގައި ހިފަހައްޓައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު