ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔޫސުފް ސިރާޖު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޔޫސުފް ސިރާޖް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
ސިރާޖު އެ މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް މުހައްމަދު މަގާމުން ވަކިކޮށް، ޕޯސްޓް ލިމިޓެޑްގެ އެމްޑީގެ މަގާމަށް ބަދަލުކުރުމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ވެމްކޯގެ އެމްޑީގެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.
އާދަމް މުހައްމަދު ވެމްކޯގެ އެމްޑީގެ މަގާމުން ވަކިކުރީ މިއަހަރުގެ މާޗް 14 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު