ޓިއުޝަން ދޭނެ ކަމަށް ބުނެ ގެންގޮސް ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައިގައި ހައްޔަކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި އޮގަސްޓް 24 ވަނަ ދުވަހު ހައްޔަރުކުރީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖެހީ ފަސް ދުވަހެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލަ އެ ސާވިސްއަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ ހައްޔަރުކުރުން ލަސްވާތީ، އޭނާ ދިރިއުޅޭ ހުޅުމާލޭގެ ދެވަނަ ފޭހުގެ ފްލެޓުން ނެރެ، ބަޔަކު ވަނީ އޭނާއަށް އަނިޔާކޮށްފައެވެ.
އެގޮތުން އެ ފިރިހެން މީހާ ރުކެއްގެ ކައިރީގައި ބަހައްޓާފައި އަނިޔާކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އެ ވީޑިއޯ އިން އިވެއެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެއެވެ. އެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ވަނީ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެތާ ކައިރީގައި ތިބި މީހުން ވަނީ އިތުރު ކުދިންނާ ބެހުނު ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
ވީޑިއޯއިން ފެންނަ އަންހެން މީހަކު ބުނީ، އެ ކުއްޖާ ޓިއުޝަނަށް ފޮނުވީ އެ ފިރިހެން މީހާ އަމިއްލައަށް ޓިއުޝަން ދޭން ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ. އަދި އެ ކުއްޖާ ޓިއުޝަނަށް ގޮސްފައި އައިސް ބަދުއަހުލާގީ ވީޑިއޯ ދެއްކި ކަމަށާއި ޓިއުޝަނަށް ފޮނުވި ފުރަތަމަ ދުވަހު ކުއްޖާއާ ބެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު