ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެން ޓީޗަރަށް އަނިޔާކުރި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހަކަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭ ދެ ވަނަ ފޭސްގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ވަނީ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް މާލޭ ސްކޫލެއްގައި ކިޔަވައިވޭ 29 އަހަރުުގެ ފިރިހެން ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެ ޓީޗަރު ހިފަހައްޓައި އަނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ދައުރުވިއެވެ.
އެ މައްސަލައިގައި އެ ޓީޗަރު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު