އެމެރިކާގެ އިންވެސްޓްމަންޓް ގްރޫޕެއް ކަމަށްވާ ރެޑްބާޑް ކެޕިޓަލްސްއިން ސެރެއާ އޭ ކްލަބު އޭސީ މިލާން ގަނެފިއެވެ.
ޔޫރަޕް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ މިލާން، ރެޑްބާޑުން ގެނަފައިވަނީ އެލިއަޓް އެޑްވައިޒާސް އަތުންނެވެ. ރެޑްބާޑުން ސެރެއާ އޭގެ ޗެމްޕިއަން މިލާން ގަނެފައިވަނީ އެއް ބިލިއަން ޕައުންޑުގެ އަކަށެވެ. މިލާން ގަތުމަށް އިއްޔެ ރެޑްބާޑުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކްލަބުގެ މައިނޯރިޓީ ހިއްސާދާރުންގެ ގޮތުގައި ޔަންކީ ގްލޯބަލް އެންޓަޕްރައިސަސް ވެގެން ދާނެއެވެ. އެ ކުންފުންޏަކީ އެމެރިކާގެ ބޭސްބޯޅަ ޓީމު، ނިއުޔޯކް ޔަންކީސްގެ ވެރިންވެސް މެއެވެ.
ރެޑްބާޑަކީ އެމެރިކާގައި އެންމެ ގިނައިން ބަލަމުން އަންނަ ސަރަހައްދީ ކުޅިވަރު ނެޓްވޯކް ކަމަށްވާ ޔަންކީސް އެންޓަޓެއިންމަންޓް ސްޕޯޓްސް (ޔެސް) ނެޓްވޯކްގެ ކޯ އޯނަރެކެވެ.
އޭސީ މިލާން ގަތުމަށްފަހު ރެޑްބާޑުގެ ބާނީ ޖެރީ ކާޑިނަލް ވިދާޅުވީ ނިއުޔޯކް ޔަންކީސްއާއެކު ގުޅުނު ގުޅުމުގެ ސަބަބުން އޭސީ މިލާނަށް ދުނިޔޭގެ ފެންވަރުގައި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް އެކުގައި މަސައްކަތްތަކެއް ފަށާނެ ކަމަށެވެ. އަދި މިލާނަކީ ތާރީހީ ކްލަބެއް ކަމަށާއި، ކްލަބުގެ ކާމިޔާބު ތާރީހު އިޔާދަކުރަން ސަޕޯޓަރުންނާއެކު، ހުނަރުވެރި ކުޅުންތެރިންނާއި ކޯޗުންނަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރެޑްބާޑުގެ ކުޅިވަރު ހިއްސާގެ އަގު 6.5 ބިލިއަން ޕައުންޑަށް އަރައެވެ. އެ ގްރޫޕުން އިންވެސްޓް ކޮށްފައިވާ ކުޅިވަރާ ގުޅުން ހުރި ވިޔަފާރިތަކަށް ބަލާއިރު، ފެންވޭ ސްޕޯޓްސް ގްރޫޕުގެ އިތުރުން ލިވަޕޫލް ވެރިންގެ ބޭސްބޯޅަ ޓީމު ކަމަށްވާ ބޮސްޓަން ރެޑް ސޮކްސްގެ އަދި ފްރާންސްގެ ލީގުގެ ޓޫލޫސްވެސް ހިމެނެއެވެ. އޭގެ އިތުރުން ރެޑްބާޑަކީ އިންޑިއާގެ އައިޕީއެލް ކްރިކެޓް ޓީމު، ރާޖަސްތާން ރޯޔަލްސްގެވެސް ހިއްސާ އޮންނަ ވިޔަފާރި ގްރޫޕެކެވެ.
އޭސީ މިލާން ވިއްކާލުމަށް ޖޫންމަހު އެއްބަސްވެފައިވާ އިރު، މީގެ ހަތަރު އަހަރު ކުރިން އެ ކްލަބު ގެނަފައިވާ ޗައިނާގެ ވިޔަފާރިވެރިޔާ ލީ ޔޮންގްހޮންގަކީ އަދިވެސް މައިނޯރިޓީ ހިއްސާދާރެކެވެ. އޭނާއަށް ބޯޑުގެ ބައެއް ގޮނޑިވެސް ލިބޭނެއެވެ.
އޭސީ މިލާނުން މިދިޔަ ސީޒަނުގެ ސެރެއާ އޭ ކާމިޔާބުކުރީ 11 އަހަރު ފަހުންނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ