ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ޑިސެމްބަރު މަހު ބާއްވަން ނިންމައިފިއެވެ.
ޖޭޕީގެ ތަރުޖަމާނު އަދި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ، އެޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ގައުމީ ކޮންފަރެންސް ޑިސެމްބަރުގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ޕާޓީގެ ސެކްރެޓޭރިއަޓުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ޖޭޕީން ނިންމާ މުހިންމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް އެ ޖަލްސާވާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ، ޖޭޕީގެ 146 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ގައުމީ ކޮންފަރެންސްއަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ، ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލައި، ފުރިހަމަ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ރޭ އެޕާޓީން ބޭއްވި "ތައްޔާރު" ޖަލްސާގައި އިއުލާންކޮށްފައެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީއަށް 30،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު