މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެބްޑަބްލިޔުއެސްސީ) އިން އެ ކުންފުނީގެ އީ-ޕޯޓަލަށް އިތުރު ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއެކު ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.
އެގޮތުން އެ ކުންފުނިން ކަސްޓަމަރުންނަށް ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް ނުވަތަ އީ-ޕޯޓަލަށް އާ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބަދަލުތަކާއެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
- އީ-ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލައިލެވޭނެ.
- އީ-ޕޯޓަލަށް ލޮގިންވުމަށް އީ-މެއިލްގެ ބަދަލުގައި މިހާރު މޯބައިލް ނަންބަރު ބޭނުންކޮށްގެން ލޮގިންވެވޭނެ.
- އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލުތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ. އަދި ޕާޓް-ޕޭމަންޓް އުސޫލުން ވެސް ބިލުތަކަށް މިހާރު އީ-ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކައިލެވޭނެ.
- އީ-ޕޯޓަލްގައި މިހާރު ކުންފުނިތަކުގެ އެކައުންޓުތައްވެސް ހުޅުވޭނެ.
- ފެން ބިލުތަކުގެ ތެރެއިން ޑިއުވެފައިވާ ބިލުތަކާއި ބިލުތަކުގެ ތަޕްސީލު ފަސޭހަކަމާއެކު ބަލައިލެވޭނެ.
- ވަކިވަކި މީޓަރުތަކުން ފެން ބޭނުންކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިން ވެސް އީ-ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ.
- ރ. ދުވާފަރުގެ ކަސްޓަމަރުންނަށް އީ-ޕޯޓަލްގައި ކަރަންޓު މީޓަރު އެޑްކޮށް ރީޑިން ވެސް ބަލައިލެވޭނެ.
- ފެން ބިލުތަކުގެ ސްޓޭޓްމަންޓުތައް ފާއިތުވި ހަ މަސް ދުވަހާ ހަމައަށް ބަލައިލެވޭނެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު