ރައްޔިތުންނަށް ހިދުމަތެއް ދޭން ބޭނުންވާނަމަ، އެކަން ކުރެވޭނެކަން މިސަރުކާރުން ސާބިތުކޮށްދެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މ. ވޭވަށު އާ އިންޖީނުގެ ހުޅުވުމަށް މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކަމެއްކުރަން ބޭނުންވީމަ ކުރެވޭނެ ކަމަށާއި ބަހަނާ ދައްކައި ފައިސާއާއި މުވައްޒަފުން ނެތް ވާހަކައަކީ ހަމަޖެހޭ ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ރައީސް ވަނީ ފެނަކައާއި އެމްޓީސީސީގެ މަސައްކަތް ފާހަގަކުރައްވައިފައެވެ.
"ބޭނުންވަނީ އަމާޒަކަށް އެކީގައި ރަނގަޅު ވިސްނުމަކާއެކީގައި ކުރިއަށްދިއުން. އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުންނަށް ވެފައިވާ ޖަޒީރާ ތަރައްގީގެ ވައުދުތައް ފުއްދުމަށް މި ދެ ކުންފުންޏާއެކީ ރައްޔިތުން ބޭނުންވާ މަންޒިލަށް ދެވޭނެކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީކުރާނީ ބޮޑުރަށެއް ކުޑަރަށެއް ތަަފާތުކުރުމެއް ނެތި ކަމަށެވެ.
މި ސަރުކާރު އައިއިރު ރަށްތަކުން ކަރަންޓުގެ ދަތިކަން ވަރަށް ބޮޑަށް އުފުލަމުންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު 140 ރަށަކަށް އާ އިންޖީނުގެ ފޯރުކޮށްދީ މުޅި ރާއްޖޭގެ ކަރަންޓު ފެނަކައިން ބަދަލުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އަންނަ މަހުން ފެށިގެން ރަށްރަށުގައި ހުރި އައިސްޕްލާންޓުތައް ހިންގަން ފެނަކައާ ހަވާލުކުރާނެ ކަމަށާއި އޭރުން އައިސް ލިބުމުގައި ހުރި ދަތިތަކަށް ކޮންމެވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު