ވޭތުވެދިޔަ ތިން އަހަރު އެމްޓީސީސީން 93 މަޝްރޫއު ނިންމާފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުގެ ރަސްމިއްޔާތުގައި އާޒިމް ރޭ ވިދާޅުވީ، އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 110 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފާއިތުވި ތިން އަހަރު އަޅުގަނޑުމެން މިވަނީ 93 މަޝްރޫއެއްގެ މަސައްކަތް ނިންމާފައި،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ކުރިއަށްގެންދާ އިރު، އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ސްޕީޑު ފެރީ ނެޓްވޯކް މަޝްރޫއު ކަމަށެވެ. އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއުވެސް ކާމިޔާބުކަމާއެކު ފުރިހަމަކުރާނެ ކަމަށް ވިދާޅުވިއެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ، ގޮނޑުދޮށުން ގިރި ސަރަހައްދަށް ވެލި އަޅައި ގާތްގަނޑަކަށް ތިން ހެކްޓަރުގެ ބިން އެ ސަރަހައްދުން ބޮޑުކޮށްފައިވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން މޫދަށް އެެރިލައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ރީތި ދެ އަތިރިމަތި އަލުން އިޔާދަވެފައިވާ ކަމަށް ވިދާޅުވިއެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ސަރުކާރުން 27 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު