ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރު އާއި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވަތުރާ އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުމުގައި އދ.ގެ އާންމު މަޖިލީހުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި އދ. އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.
ޝާހިދުގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް އެ ޓުވީޓުގައިވެއެވެ.
ޝާހިދު މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު