މ. ދިއްގަރުން އަލީ ޔާމީން --- ވަން އޮންލައިން
މިރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ނިންމައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ރޭ ވިދާޅުވީ، ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު 17 ހެކްޓަރު ހިއްކާފައިވާއިރު، އިތުރު 8 ހެކްޓަރާ އެކު ޖުމުލަ 25 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
މިރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިފަހުން އެމްޓީސީސީގެ މަހާޖައްރާފަށް ދިމާވި މައްސަލައަކާ ގުޅިގެން އެ މަޝްރޫއު އޮތީ މަޑުޖެހިފައެވެ.
"އިރާދަކުރެއްވިއްޖެއްޔާ މިރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ މަހުގެ ތެރޭގައި ނިންމައިލެވޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ރޭ ވަނީ މިރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައި ބިން ބޭނުންކުރާނެ ގޮތް އެކުލަވާލުމަށް މިރަށު ކައުންސިލަށް ގޮވައިލައްވައިފައެވެ.
އާބާދީގައި 1،300 އެއްހާ މީހުން އުޅޭ މިރަށުގައި ޒަމާނުއްސުރެ އެންމެ ބޮޑު މައްސަލައަކީ ބިމުގެ މައްސަލައެވެ. ހިއްކާ 25 ހެކްޓަރުގެ ބިމާއެކު މި ރަށުގެ ބޮޑުމިން 39 ހެކްޓަރަށް އިތުރު ކުރެވޭނެ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން މިރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.
މިރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އެއްމަޝްރޫއެއްގެ ގޮތަށް 121.8 މިލިއަން ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު