އިޓާލިއަން ސެރެއާ އޭގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސް އާއި ރޯމާ އެއްވަރު ވެއްޖެއެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ކޯޗު ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާއިން މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. މި ސީޒަންވެސް އުނދަގޫ ހާލަތެއްގައި ފެށި ޔުވެންޓަސްއިން މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައި، އެޓީމު އޮތީ ހަތް ވަނައިގައެވެ.
ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގައިފައެވެ. ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ފޯވަޑް ޑޫސަން ލަހޮވިޗް ޖަހައިދިން ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ލަހޮވިޗަކީ މިދިޔަ ސީޒަނަށް ބޮޑެތި އުންމީދުތަކަކާއެކު ޔުވެންޓަސްއަށް ގެންދިޔަ ފޯވަޑެއް ނަމަވެސް އެ ސީޒަނުގައި އޭނާގެ ތަފާތު އެންމެ ފުރިހަމައަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން މި ސީޒަނުގައި ތަފާތު ދައްކަން ލަހޮވިޗަށް ވަނީ ޕްރެޝަރު ބޮޑު ވެފައެވެ.
އޭގެ އިރުކޮޅެއް ފަހުން މަނުއަލް ލޮކަޓެލީ ގޯލަށް ވައްދާލި ބޯޅައަކާއެކު ޔުވެންޓްސްއިން ލީޑު ފުޅާކުރި ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރި އިރު، ލަހޮވިޗް އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.
ރޯމާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 69 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ރޯމާއަށް އަލަށް ގެންދިޔަ ޕައުލޯ ޑީބާލާ ނަގައިދިން ހުރަހަކުން އިންގްލެންޑް ފޯވަޑް ޓެމީ އަބްރަހަމް ބޮލުން ޖެހި ގޯލެކެވެ. ރޭގެ ގޯލާއެކު އަބްރަހަމް ވަނީ ސެރެއާ އޭގައި ތިންވަނަ އަކަށް އެންމެ ގިނަ ގޯލު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކޮށްފައެވެ.
އަބްރަހަމް އަށްވުރެ ގިނައިން ސެރެއާ އޭގައި ގޯލު ޖެހީ އިނގިރޭސި ކުޅުންތެރިންނަކީ 31 ގޯލު ޖަހައިފައިވާ ޑޭވިޑް ޕްލެޓް އަދި 59 ގޯލު ޖަހައިފައި އޮތް ޖެރަލްޑް ހިޗެންސްއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ