މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުރިއަށް ގެންދިޔަ ފަޔާ ސޭފްޓީ ޑްރިލް ނިންމާލައިފިއެވެ.

އެމްޕީއެލް އިން ބުނީ މި ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 15:00 އިން 18:00 އަށް މާލޭ ވިޔަފާރި ބަނދަރުގައެވެ.

އެމްޕީއެލް އިން ބުނީ މި ޑްރިލް ކުރިއަށް ގެންދިޔައީ، މާލޭ ވިޔަފާރި ބަނދަރަކީ މީހުން ދިރިއުޅޭ ތަންތަނާ ވަރަށް ކައިރީގައި އޮންނަ ބަނދަރަކަށްވާތީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ވަރަށް މަތީ ދަރަޖައަކަށް ހިފެހެއްޓިފައި އޮންނަންޖެހޭތީ ކަމަށެވެ.