މާލޭ ސުވިމިން ޓްރެކް ސަރަހައްދުގެ ބޭރު ތޮށިގަނޑު މަތިން ކަނޑަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މީހަކު ކަނޑަށް ފުންމާލައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 4:00 އެހާކަންހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ލޯންޗެއްގައި އެ ސަރަހައްދަށް ގޮސް އޭނާ ސަލާމަތްކޮށްފައެވެ. ކަނޑަށް ފުންމާލި މީހާ ސަލާމަތް ކުރީ މެރިން ފުލުހުންނެވެ.
ކަނޑަށް ފުންމާލީ ދިވެހި ފިރިހެނެއް ކަމަށާއި މިހާރު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އޭނާ ކަނޑަ ފުންމާލި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު