ކްރިމިނަލް ކޯޓުގެ ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖެހި މީހާ ކޯޓުގެ ހުރުމަތް ކަނޑައިގެން އަނެއްކާވެސް ޖަލަށްލައިފިއެވެ.
ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ލާފައިވަނީ ޏ. ފުވައްމުލައް، ކެލާގެ އަހުމަދު ސާހިލެވެ.
ކޯޓުގެ ހުރުމަތް ކަނޑައިގެން ޝާހިލްއަށް 15 ދުވަހުގެ ޖަލު ހުކުމެއް ފުރަތަމަ އިއްވީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ ކޯޓުގެ އަދަބުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރުމުން އެކަން ނުކުރުމަށް ކޯޓުގެ ސެކިއުރިޓީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުން، އެކަމަށް ބެލުމެއް ނެތި ކޯޓުގެ ހުރުމަތް ކަނޑައި ކޯޓް މާސްޓަރެއްގެ ގަޔަށް ކުޅު ޖެހުމުންނެވެ.
ސާހިލް ޖަލަށް ލާން ހުކުމް ކުރިތާ ހަތަރު ދުވަސް ފަހުން، މިމަހުގެ 11 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުންވެސް އޭނާ ވަނީ ކޯޓުގެ ހުރުމަތް ކަނޑާފައެވެ. އެގޮތުން ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ޝަރީއަތުގެ މަޖިލިސް ދޫކޮށް އޭނާވަނީ ގޮސްފައެވެ. އެހެންވެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ސާހިލް އިތުރު 15 ދުވަހަށް ޖަލަށް ލާން ހުކުމްކުރައްވައިފައެވެ.
ސާހިލްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އަނިޔާއެއް ދިނުމާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއެވެ.
ކޯޓުގެ ހުރުމަތް ކަނޑައިގެން މީގެ ކުރިންވެސް ބައެއް މީހުން ޖަލަށް ލާފައި އެބަހުއްޓެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކުގައި ތިން މަހަށްވެސް ޖަލަށް ލެވިދާނެއެވެ.
ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން ނިޔާ އިއްވޭ ކުށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު