ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އާ ތަރުޖަމާނު ކަމަށް މިއުވާން މުހައްމަދު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް މިއުވާން މިއަދު އައްޔަންކުރެއްވިކަން ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ދާދި ދެންމެ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މިއުވާން އެ މަގާމަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މިއުވާން އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ޑިސެމްބަރު 2018ގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު