ފައިސާގެ ބޮޑެތި އިނާމުތައް ލިބޭ އެސްޓީއޯގެ "މަގޭހިޔާ 2022" ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 10 ނޮވެމްބަރު 2022ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކަމަށެވެ.
އެސްޓީއޯއިން ބުނީ ޕީޕަލްސް ޗޮއިސްއިން މި ޕްރޮމޯޝަނުގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޫޕަން ލިބޭ ކަސްޓަމަރުންގެ މެދުގައި ބާއްވާ ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް 20،000 ރުފިޔާގެ ލިބޭނެއެވެ. އަދި ދެވަނަ އިނާމަކަށް 10،000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުގެ ތެރެއިން ގަންނަ މުދަލުގެ އަގަށް ބަލައި 18 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ޑިސްކައުންޓު ދިނުމަށް ތިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. އެއީ:
- މުދަލުގެ އަގު ޕެކޭޖުގެ ނަން ޑިސްކައުންޓް
- 25،000-15،000ރ ރިހި %12
- 35،000-25،000ރ ރަން %15
- 35،000ރ އިން މަތި ހުދު ރަން %18
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު