މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ މިރޭ 11:30 ހާއިރެވެ. ހެންވޭރު އަސްރަފީ މަގުގައި ހިންގި މި މާރާމާރީގައި ޒަހަމްވި މީހާގެ ބޮލަށް ވަނީ އަނިޔާވެފައެވެ. އޭނާގެ ބޮލުން ގިނަ އަދަދެއްގެ ލޭވެސް ފައިބާފައި ހުއްޓެވެ.
މާރާމާރީ ހިންގައި ޒުވާނަކަށް ހަމަލާދީފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުންނެވެ.
މި މާރާމާރީއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ފުލަހަށް ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު