ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަމުން އަންނަ 105 ހައުސިން ޔުނިޓުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓު އިމާރާތްކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ހަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނީ އެތަނުގެ 95.71 އިންސައްތަ މަސައްކަތް ނިންމާލައިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެތަނުގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ.

ކުޅުދުއްފުށީގައި 2011 ވަނަ އަހަރު އިމާރާތްކުރަން ފެށި ހައުސިން ޔުނިޓުތައް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެ މަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 47 މިލިއަން ރުފިޔާއަށެވެ.