އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ގެބޮންގެ ސަރުކާރުން އަރުވާ އެންމެ މަތީ އިއްޒަތް، "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" ޔުނައިޓެޑް ނޭޝަން ޖެނެރަލް އެސްމްބްލީ (ޔޫއެންޖީއޭ)ގެ ރައީސް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.
ޝާހިދަށް "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" އިއްޒަތް އަރުއްވާފައިވަނީ ގެބޮންގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއެވެ.
ޝާހިދަށް އެ އިއްޒަތް އެރުވީ މިއަދު ގެބޮންގެ ވެރިރަށް ލީބްރަވިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ގެބޮންގެ އަށް ޝާހިދު ވަޑައިގެންނެވީ ޔޫއެންޖީއޭގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު