ޚަބަރު

ހާޓް އެޓޭކެއް ޖެހިގެން ފުނާޑު ކައުންސިލުގެ ކުރީގެ ރައީސް ވަސީމް ނިޔާވެއްޖެ

އަލީ ޔާމިން

ހާޓް އެޓޭކެއް ޖެހިގެން ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް އަލީ ވަސީމް ނިޔާވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ވަސީމް ނިޔާވީ މިއަދު މެންދުރު އޭނާގެ ގޭގައި ކާން އިންދައެވެ.

އުމުރުން 42 އަހަރުގެ ވަސީމް، ފުވައްމުލަކު ސިޓީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

ވަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުނާޑު ކައުންސިލަށް އައްޔަންކުރި މެންބަރެވެ. އޭގެ ފަހުން މަގާމަށް އިންތިހާބުވެ، ޖެހިޖެހިގެން ދެ ދައުރު އޭނާ ފުރިހަމަކޮށްފައިވެއެވެ.