ތ. ގާދިއްފުށި ކައުންސިލުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މެންބަރު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނާއި މ. ދިއްގަރު ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަން ބޭއްވި ބައި-އިލެކްޝަން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
ގާދިއްފުށީ ބައި-އިލެކްޝަންގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހުމަދަށް ލިބުނީ 210 ވޯޓެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ހައްވާ އަބްދުލްހާދީއަށް 201 ވޯޓު ލިބުނު އިރު، އެމްއާރުއެމްގެ ފަރާތުން ވާދަކުރި ފާތިމަތު މަލްދާއަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.
ގާދިއްފުށީގައި ބެހެއްޓި ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 218 މީހުންނަށެވެ.
ދިއްގަރު ކައުންސިލަށް އެމްޑީޕީން ވާދަކުރި އަބްދުﷲ އާރިފަށް ލިބުނީ 375 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އަހުމަދަަށް ލިބުނީ 325 ވޯޓެވެ.
ޒުލައިހާއާއި އާރިފަށް ކެމްޕެއިންކޮށްދިނިމަށް އިސްކޮށް ހަރަކާތްތެރިވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި ބައެއް މަޖިލިސް މެންބަރުންވެސް ކެމްޕެއިނުގައި ހަރަކާތްތެރިވެފައިވެއެވެ.