ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހދ. ކުޅުދުށްފުއްޓަށް ވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެއަތޮޅު ނޮޅިވަރަމަށްވެސް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
މިދަތުރުފުޅުގައި ނައިބު ރައީސް އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެއެވެ. އަދި ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އޭގެ އިތުރުން ކުޅުދުއްފުށީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުޅުދުށްފުއްޓަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ސިއްހީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު