ޚަބަރު

އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދީފި

މުހައްމަދު ޖަމްޝަތް ވަހީދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ހާލަތު ދަށްވެ އަހަރީ ބޯނަސް ދިނުން މެދުކަނޑާލާފައި އޮންނަތާ ދެ އަހަރަށް ފަހު މުވައްޒަފުންނަށް އަހަރީ ބޯނަސް ދީފި އެވެ.

އެޗްޑީސީގެ މުވައްޒަފުންނަށް ބޯނަސް ދިންކަން އަންގާފައިވަނީ އިންޓާނަލް މެމޯއަކުންނެވެ. އެ މެމޯގައިވާ ގޮތުން ބޯނަހަށް ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް އެޗްޑީސީން ވަނީ ބޯނަސް ޖަމާކޮށްދީފަ އެވެ.

އެޗްޑީސީން ވަނީ ބޯނަސް ދިނުމުގައި ކުންފުނިން ގެންގުޅޭ އުސޫލުގެ ދަށުން ކުންފުނީގައި މިދިޔަ އަހަރު މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން ޕްރޮބޭޝަން ނިންމާފައި ތިބި މުވައްޒަފުންނާއި ރިޓަޔާ ކުރި މުވައްޒަފުންނާއި މުސާރަ ލިބޭ ޗުއްޓީ ނަގާފައި ތިބި މުވައްޒަފުންގެ ތެރެއިން މަދުވެގެން ތިން މަސް ދުވަހު މަސައްކަތްކޮށްފައި ތިބި މުވައްޒަފުންގެ ތެރެއިން ބޯނަސް ލިބެންޖެހޭ ހުރިހާ މުވައްޒަފުންނަށް ބޯނަސް ދީފައެވެ.

އެނގިފައިވާ ގޮތުގައި ބޯނަސް ފައިސާގެ ގޮތުގައި މުވައްޒަފުންގެ އެލަވަންސްތައް ނުހިމަނައި ދެ މަސް ދުވަހުގެ ޖުމުލަ މުސާރައާ އެއްވަރުގެ އަދަދެއް ވަނީ ދީފައެވެ. މުސާރައިގެ އިތުރުން މިދިޔަ އަހަރު އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރަށާއި ހާޒިރީއަށްވެސް ބޯނަސް ދިނުމުގައި ބަލައިފައިވެއެވެ.

އެންމެ ފަހުން އެޗްޑީސީން މުވައްޒަފުންނަށް ބޯނަސް ދިނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 އަދި 2020 ވަނަ އަހަރުވެސް ބޯނަހެއް އެވެ. އަނެއްކާވެސް ބޯނަސް ދޭގޮތަށް ނިންމީ ކުންފުނީގެ ވިޔަފާރި ރަނގަޅުވެ މިދިޔަ އަހަރު ކުންފުންޏަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފައިދާ ވުމާ ގުޅިގެންނެވެ.