ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ދެ މީހަކު ފުލުހުންގެ ހުއްދައާއެކު އުމްރާއަށް ފުރައިފިއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އެމީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ އުމްރާއަށް ފުރަން ކުރިން ހަމަޖައްސާފައިވާ މީހުންނަށް ކަމަށެވެ.

"އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން އުމްރާގެ އަޅުކަން އަދާކުރަން ދިޔުމުގެ އިންތިޒާމްތައް ކުރިން ވެސް ހަމަޖައްސާފައިވާ ދެ މީހަކު އުމްރާއަށް ފުރުމުގެ ވަގުތީ ހުއްދަ ދީފައިވޭ،" އޮފިޝަލް ވިދާޅުވިއެވެ.

އަލަމްގީރް މައްސަލައިގައި ތުހުމަތުވާ ބައެއް މީހުން ވަނީ ޕާސްޕޯޓް ހިފެހެއްްޓުމުގެ ކުރިންވެސް ރާއްޖެއިން ފުރައިފައެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ވެސް ރާއްޖެއިން ފުރައިގެން ގޮސްފައިވެ އެވެ. ފުލުހުން އިއްޔެ ބުނީ އެގޮތަށް ފުރައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވެނީ 38 މީހުންނަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އެއް ވީޑިއޯއަށް ވުރެ ގިނަ ވީޑިއޯ ވެސް ހުރި ކަމަށް ވެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަލަމްގީރުގެ އިތުރުން އަލަމްގީރާއެކު ދައުރުވެފައިވާ ވީޑިއޯތަކުން ފެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަދި ފުލުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހެކެވެ.