ރާއްޖޭގައި ރަނގަޅުނުވެ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ގައުމެއްގެ ހާލަތު ރަނގަޅުވާނީވެސް ނުވަތަ ނުބައިވާނީވެސް އެބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ.
"ރާއްޖޭގައި ރަނގަޅުކުރަން ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ، ނަމަވެސް ހަގީގަތުގައިވެސް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކިތައް މީހުން ހެއްޔެވެ؟،" އިމްރާންގެ ޓުވީޓުގައި ސުވާލު އުފެއްދެވިއެވެ.
ރާއްޖޭގައި އިސްލާހުކުރަން ގިނަ ކަންކަން ހުރިކަމަށް އިމްރާން ވިދާޅުވި އިރު، މިފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެ، ބައެއް މީހުންގެ ވީޑިއޯތައް އާއްމުވެފައެވެ. އޭގެ ތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އަދި ފުލުހަކާއި ސިފައިންގެ މީހަކުވެސް ހިމެނެއެވެ.
އިމްރާނުގެ ލީޑަޝިޕްގައި އޮތް އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު