ޚަބަރު

ދިރާސީ އާއަހަރުގެ ކިޔެވުން ފަށައިފި، 93000 އަށްވުރެ ގިނަ ދަރިވަރުން

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި, ސަރުކާރުގެ ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތަކާއެކު މި އަހަރު 93,278 ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލަކުން 76,932 ދަރިވަރުން ކިޔަވާނެއެވެ.

މި އަހަރު އަލަށް ސްކޫލްތަކަށް ވަން ދަރިވަރުންގެ އަދަދަކީ 7,700 އެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 3,000 އެއްހައި ދަރިވަރުން އަލަށް ވަދެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި, ދިރާސީ އާ އަހަރާ އެކު ރާއްޖޭގައި ޖުމުލަ 8364 ޓީޗަރުން މި އަހަރު ކިޔަވައިދޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ބިދޭސީ 1693 ޓީޗަރުންނާއި ދިވެހި 6006 ޓީޗަރުންނާއި އަދި ރިލީފް ޓީޗަރުންގެ ގޮތުގައި 665 ޓީޗަރުންނެވެ.