ވެމްކޯގެ ބިޒަނަސް ޕްލޭން އެސްޓީއޯއިން ހިލޭ ހަދައިދޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، ކުރިޔަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އެކުންފުނިން އިއުލާނުކޮށްފައިވާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ވެމްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ 2023-2027 އާއި ހަމަޔަށް އެކުންފުނީގެ ބިޒްނަސް ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ވެމްކޯގެ ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުން ކަމަށް އެކުންފުނީން ބުނެފައިވެއެވެ.
އެކަމަށް ޝައުގުވެރިވާ މީހުން މާދަމާގެ ނިޔަލަށް ބީލަމުގައި ރަޖިސްޓަރީވާން ޖެހޭއިރު ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 11ގެ ކުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު