"އުރީދޫ ނޭޝަން" ގޭމިން ޕްލެޓްފޯމް މެދުވެރިކޮށް ބާއްވާ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން ވަނީ އެ ކުންފުނިން އިންތިޒާމްކުރާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގެ ދަށުން ބާއްވާ ފުރަތަމަ ސީރީޒްގައި ބައިވެރިވުމަށް، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް 1 އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު އަންނަ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ މި ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތެވެ.
އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓަގައި ވާދަކުރަން ޖެހެއެވެ.
ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތާއި ޓީމް ލޯގޯ މިމަހުގެ 15ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ.
- ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ.
- ދެ ވަނަ ޓީމަށް 3،000 ރުފިޔާ
- ތިން ވަނަ ޓީމަށް 2،000 ރުފިޔާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު