ހދ. ނޮޅިވަރަންފަރު ސްކޫލުގައި ކިޔަވައި ދެމުން އަންނަ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ނޮޅިވަރަންފަރުގައި ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ އެއް ފަރާތަކީ، ނޮޅިވަރަންފަރު ސްކޫލުގައި ޤުރުއާން ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.
އެ މައްސަލަ ފެންމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީން އޭނާ ސަސްޕެންޑް ކޮށްފައިވާކަންވެސް އެނގިފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެއެވެ.
މި ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ދަނީ ވަރަށް ގިނައިން ފެންމަތިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު