ބަޔާން މިއުނިކް

މާނޭގެ ގޯލާއެކު ބަޔާންއިން ފެށީ މޮޅަކުން

އަލަށް ޓީމަށް ގެންދިޔަ ސަޑިއޯ މާނޭގެ ގޯލާއެކު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިއުނިކުން މޮޅާކާއެކު ލީގު ފަށައިފިއެވެ.

ބަޔާންއިން އެއިންޓްރެޗް ފްރެންކްފާޓާ ދެކޮޅަށް އެ ކްލަބުގެ ދަނޑުގައި ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އުމުރުން 30 އަހަރުގެ މާނޭ ގޯލު ޖެހި އިރު، އެއީ މާނޭ ބަޔާން ޖާޒީގައި ރަސްމީކޮށް ޖެހި ދެވަނަ ގޯލެވެ. މިދިޔަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށް ބަޔާނަށް ބަދަލުވި މާނޭ ވަނީ ސީޒަން ހުޅުވަން ކުޅުނު ޝީލްޑް މެޗުގައިވެސް ގޯލު ޖަހައިފައެވެ.

ބަޔާންއިން ފުރަތަމަ ހާފުގައި ފަސް ގޯލުގެ ލީޑެއް ނެގި އިރު، އެޓީމުގެ ގޯލުތައް ޖެހީ މާނޭ އާއި ސާޖް ނަބެރީގެ އިތުރުން ޖޯޝުއާ ކިމިކް އަދި ބެންޖަމިން ޕަވާޑާއި ޖަމާލް މުސިއާލާއެވެ. ބަޔާންއިން ދެވަނަ ހާފުގައި ޖެހި ހަވަނަ ގޯލު މުސިއާލާ ޖެހީ ދެވަނަ ހާފު ނިމެން ދަނިކޮށެވެ. ރޭގެ މެޗުގައި ފްރޭންކްފާޓްގެ ހަމައެކަނި ގޯލު ޖެހީ ރެންޑަލް ކޯލޯ މުއާނީއެވެ.

ފްރޭންކްފާޓުން މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު ނެގި އިރު، އަންނަ ބުދަ ދުވަހު އެޓީމުން ޔޫއެފާ ކަޕްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެއެވެ. ރެއާލް މެޗަށް ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.