އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ނާޒިމް ހައްޔަރުކުރީ ރިސޯޓެއްގައި ހުއްޓައި މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ގެންދިޔައީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން އޭނާއަށް ޖެހީ ހަތް ދުވަހެވެ.
ބަންދުގެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފައެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް، ތަހުގީގަށް ހާޒިރުކޮށް ފުލުހުން ވަނީ މީގެ ކުރިން ބަޔާން ނަގައި އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު