ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.
އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ރޭ ލީކުކޮށްލާފައިވާ އިރު، އޭގެ ތެރެއިން އެކަކީ އިމާދުއްދީން ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން އުޅުނު ދިވެއްސެއް ކަމަށް އެނގިފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.
ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ މިއަދު 'ވަން' އަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ އެ މިނިސްޓްރީގެ މުވައްޒަފު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ސަސްޕެންޑްކޮށްފައި ވަނީ އެ މިނިސްޓްރީގެ އިދާރީ މުވައްޒަފެކެވެ.
އަލަމްގީރާއެކު، އެތައް ފިރިހެނުންނެއް ޖިންސީ ގުޅުން ހިންގާފައިވާ ތުހުމަތު ކުރެވުނަސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު