ޅ. ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ.

ނައިފަރުގެ ފެނުގެ ނިޒާމަކީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް ނިންމައި ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހު 19 އިން 22 ވަނަ ދުވަހާ ހަމަޔަށް ކަމަށެވެ.

ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1،510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެރަށު ގެތަކަށް ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ގާއިމްކޮށް އެމްޑަބްލިޔުއެސްސީން ވަނީ ޓެސްޓުކޮށްފައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.