ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޯވާޑްކުރެއްވި މެސެޖެއްގައި ވަނީ، ނަޝީދުގެ ފޯނު ފޭރިގެންފައިވަނީ އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ކަމަށެވެ. އަދި ފޯނު ޖަހައިގެނަގެން އެމީހާ ފިލާފައިވާ ކަމަށެވެ.
ނަޝީދުގެ ފޯނު ފޭރިގެންފައިވާ ކަމަށް އީވާ ވިދާޅުވުމުން މަޖިލީހުގެ ކައުންސިލާ ޖެނެރަލް ވަނީ ނަޝީދު އެގްރޫޕުން ރިމޫވްކޮށްފައެވެ.
އީވާ ފޯވާޑްކުރެއްވި އެ މެސެޖަކީ ނަޝީދުގެ ދަރިފުޅު އީވާއަށް ކުރި މެސެޖެކެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު "ވަން" މިރޭ އަށް ވިދާޅުވީ، ނަޝީދުގެ ފޯނު ވަގަށް ނަގާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު