ދ. ކުޑަހުވަދޫން ބަލި މީހަކު މާލެ ގެނެސްދިނުމަށް އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށް ދާލު އެއާޕޯޓް ހިންގާ މަންތާ އެއާއިން ބުނެފިއެވެ.
ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އެމަޖެންސީގައި މާލެ ފޮނުވާލަން ވެގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް މަންޓާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓް އިއްޔެ ހަވީރުއްސުރެ ބަންދުކޮށް ރައްޔިތުން އަދިވެސް ދަނީ މުޒާހަރާކުރަމުންނެވެ. ނަމަވެސް މިއަދު ހެނދުނު 6:00ގައި މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ޒުވާނާ ވަނީ މާލެ ގެނެސްފައެވެ.
އެކަމާ ގުޅިގެން މަންތާ އެއާގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ މަންތާއަށް މެޑިކަލް އިވެކުއޭޝަން ރިކުއެސްޓެއް އެއްވެސް ފަރާތަކުން ފޮނުވާފައިނުވާ ކަމަށެވެ. ނަމަވެސް ބަލި މީހަކު އުފުލަން އަމަލުކުރަންޖެހޭ ގޮތް އޮޅުންފިލުވުމަށް ދާލު އެއާޕޯޓުގައި ހުންނަ މަންތާގެ މުވައްޒަފަކަށް މީހަކު ގުޅި ކަމަށް ވިދާޅުވިއެވެ.
"ބަލި މީހަކު އެމަޖެންސީ ހާލަތެއްގައި މާޅެ ގެންނަން ޖެހޭކަން އެނގުނު ހިސާބުން އަޅުގަނޑުމެން މަސައްކަތް ކުރިން. ކައުންސިލް ރައީސަށް ގުޅިން އެކަން އޮޅުންފިލުވަން. ބަލި މީހާގެ އާއިލާއަށްވެސް ގުޅިން. އަދި ސީޕްލޭނެއްގައި ބަލި މީހާ ގެންދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ބުނިން. ފަތިހަށް ސީޕްލޭން ރެޑީވެސް ކުރިން. އެކަމަކު މޯލްޑިވިއަންގެ ފްލައިޓެއްގައި ބަލިމީހާ މާލެ ގެނެވޭނެ ގޮތް ހަމަޖެހުނީ،" އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މަންތާގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަނީ އޭޓީއާރް އެއާކްރާފްޓް ކަމަށާއި އެ ފްލައިޓްތަކަކީ ސްޓްރެޗަރުގައި ބަލި މީހުން އުފުލޭ ގޮތަށް ފަރުވާ ކޮށްފައި ހުންނަ ބޯޓުތަކެއް ނޫން ކަމަށެވެ. ނަމަވެސް މެޑިކަލް އިވެކުއޭޝަނެއް ލިބިއްޖެ ނަަމަ، ސީޕްލޭނުގައި ބަލިމީހާ އުފުލޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިދޭ ކަމަށާއި މީގެ ކުރިންވެސް އެގޮތަށް ބަލި މީހުން އުފުލައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ބަލި މީހާ އެއާކްރާފްޓެއްގައި އުފުލޭނީ ވަކި ހާލަތްތަކެއްގައި. އެ ހާލަތްތައް ކަނޑައަޅާނީ ޑޮކްޓަރުން. ޑޮކްޓަރުން ހުއްދަ ދިނީމަ ނޫނީ އަޅުގަނޑުމެންނަކަށް ފްލައިޓަކަށް ނޭރުވޭނެ. ސްޓްރެޗާ އެރުވޭނެ ގޮތަކަށް ނޫން އަޅުގަނޑުމެންގެ އޭޓީއާރް އެއާކްރާފްޓް މި ހުންނަނީ. އެކަމަކު އިށިނދެވޭ ހާލަތްތަކުގައި ތިބޭ ބަލި މީހުން ޑޮކްޓަރު ހުއްދަ ދިނީމަ އުފުލަން. އަޅުގަނޑުމެންގެ ސީޕްލޭންގައި ސްޓްރެޗާ އުފުލޭނެ. އެފަދަ ގޮތަކަށް މީގެ ކުރިން އުފުލާފަވެސް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާއި ދާލު އެއާޕޯޓުގައި މަސައްކަތްކުރާ މަންތާގެ މުވައްޒަފުން ވާހަަދައްކައި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުޑަހުވަދޫ ކައުންސިލް މެމްބަރު އަބްދުﷲ ޖަމީލް "ވަން" އަށް މިއަދު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ހުޅުވި އެރަށު އެއާޕޯޓުގައި ބަލި މީހުން ނުއުފުލޭ މައްސަލަ ހައްލުކޮށްދިނުމަށް އެދި ކުރީ ސަރުކާރުގައާއި މި ސަރުކާރުގައިވެސް އާދޭސްކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ހައްލެއް ނުލިބޭ ކަމަށެވެ.

އެކަމާ ނުރުހުންވެ، ކުޑަހުވަދޫ ރައްޔިތުން ވަނީ އެއާޕޯޓަށް ވަންނަ ދޮރުމަތީގައި ބޮޑު ވަޅުގަނޑެއް ކޮނެ، ޓިނު ޖަހައި ބަންދުކޮށްފައެވެ. އަދި އެއާޕޯޓަށް އަންނަ މީހުންގެ ތެރެއިން އެތަނުން ނުކުމެވެނީ ދިވެހިންނަށާއި އެއާޕޯޓުގެ މުވައްޒަފުންނަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު