މާލޭ ސިޓީގެ އާންމު ތަންތަނަށް ކުނި އަޅާނަމަ ޖޫރިމަނާ ކުރާގޮތަށް މާލޭ ސިޓީ ކައުންސިލުން އުސޫލެއް އެކުލަވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުކުރި "ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންނާއި ސިޓީ ކައުންސިލާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބަލަހައްޓާ ކަންކަމުގައި މަލުކުރާނެގޮތުގެ އުސޫލު" ގައި ވަނީ، މާލޭގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ޕާކިން ޒޯން ނޫން ތަންތަނުގައި އުޅަނދުފަހަރު ޕާކްކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެއްގަމު އުޅަނދު ޕާކްކުރުމަށް ކަނޑައަޅާފައިވާ އާއްމު ޕާކިން ޒޯންގައި މެދުކެނޑުމެއްނެތި އުޅަނދު ބޭއްވޭނީ ގިނަވެގެން ހަތް ދުވަހަށް ކަމަށެވެ.
އުސޫލާ ހިލާފުވެން ޓޯ ކުރާތާ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޖޫރިމާނާގެ ފައިސާ ދެއްކިކަމުގެ ސްލިޕް ގެނައުމުން އެ އުޅަނދެއް ދޫކުރާނެ ކަމަށާއި ޓޯ ޔާޑްގައި ހަތް ދުވަހަށް ވުރެ ގިނަދުވަސްވެއްޖެ ނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ޖޫރިމަނާއަށް 25 ރުފިޔާ އިތުރުވަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޓޯ ކުރާ އުޅަނދުފަހަރާ ހަވާލުވާން ނާންނަ ނަމަ، ޓޯ ކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ އުޅަނދެއް ނައްތާލުން ނުވަތަ ނީލަންކިޔުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށްވެސް އުސޫލުގައިވެއެވެ.
މާލޭގައި އާއްމު ތަންތަނުގައި ހުއްދަ ނުނަގައި ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުފަހަރު ދެނެގަތުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުންގެންދާނެ ކަމަށް ވެސް އުސޫލުގައިވެއެވެ.
- ފުރަތަމަ ދެ ފަހަރު އުޅަނދެއްގެ ވެރިފަރާތް 250 ރުފިޔާއިން ޖޫރިމަނާ ކުރުން
- ތިންވަނަ ފަހަރަށް 750 ރުފިޔާއިން ޖޫރިމަނާ ކުރުން
- ހަތަރުވަނަ ފަހަރަށް އެ އުޅަނދެއް ޓޯ ކުރުން
ސިޓީ ކައުންސިލުން އެކުލަވާލި އުސޫލުގައި ވަނީ އާއްމު ތަންތަނަށް ކުނި އަޅާ ނަމަވެސް ޖޫރިމާނާ ކުރަން ނިންމައިފައެވެ. އަދި އާންމު ތަންތަނުގައި ތަކެތި ބެހެއްޓުމާއި މަގުމަތީގައި އުޅޭ މީހުންނަށް އުނދަގޫވާގޮތަށް ނުވަތަ ނުރައްކާވާގޮތަށް ހަދާ އިމާރާތްތަކާއި އިމާރާތްތަކުގެ ޓެރަހާއި ބެލްކަންޏާއި ފާރުމަތީގައި ތަކެތި ބަހައްޓާ ނަމަވެސް ޖޫރިމަނާކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން ރައްޔިތުންނަށް އުނދަގޫވާގޮތަށް އާއްމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ ނަމަވެސް ޖޫރިމަނާ ކުރާނެއެވެ. އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި އާންމުކޮށްފައިވާފަދަ އަމަލުކުތައް ކުރާ ނަމަވެސް ޖޫރިމަނާ ކުރާނެއެވެ.
- ފުރަތަމަ ފަހަރަށް 100 ރުފިޔާއިން ޖުރިމަނާކުރުން
- ދެވަނަ ފަހަރަށް ކުނި އަޅައިފިނަމަ 250 ރުފިޔާއިން ޖޫރިމަނާ ކުރުން
- ތިންވަނަ ފަހަރަށް 400 ރުފިޔާއިން ޖޫރިމަނާ ކުރުން
- ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ ގަވައިދާ ހިލާފުވެގެން އަޅަންޖެހޭ ފިޔަވަޅު އެޅުމާއެކު 500 ރުފިޔާއިން ޖޫރިމަނާ ކުރުން
- ފުރަތަމަ ފަހަރަށް 100 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
- ދެވަނަ ފަހަރަށް 150 ރުފިޔާއިން ޖޫރިމަނާ ކުރުން
- ތިން ވަނަ ފަހަރަށް 1،800 ރުފިޔާއިން ޖޫރިމަނާ ކުރުން
- ހަތަރުވަނަ ފަހަރަށް 2،000 ރުފިޔާއިން ޖޫރިމަނާ ކުރުން
- ފުރަތަމަ 500 ރުފިޔާ އާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
- ދެވަނަ ފަހަރަށް 1،500 ރުފިޔާއިން ޖޫރިމަނާ ކުރުން
- ތިންވަނަ ފަހަރަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރުން
- ހަތަރުވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން
- ރައްޔިތުންނަށް އުނދަގޫވާގޮތަށް އާއްމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާނަމަ ޖޫރިމަނާކުރާ ގޮތް
- ފުރަތަމަ ފަހަރަށް 500 އާއި 1،000 ރުފިޔާއާ ދެމެދުގެ އަދަދަކުންން ޖޫރިމަނާ ކުރުން
- ދެވަނަ ފަހަރަށް 1،500 ރުފިޔާއިން ޖޫރިމަނާ ކުރުން
- ތިންވަނަ ފަހަރަށް 5،000 ރުފިޔާއިން ޖޫރިމަނާ ކުރުން
- ހަތަރުވަނަ ފަހަރަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުން
ސިޓީ ކައުންސިލުން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާކުރާ ނަމަވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
އުސޫލާ ހިލާފުވުމުގެ ސަބަބުން ކުރާ ޖޫރިމާނާތަކުގެ ފައިސާ ދައްކަން ޖެހޭނީ ސިޓީ ކައުންސިލަށް ކަމަށާއި ޖޫރިމާނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ކައުންސިލުން ބައެއް ހިދުމަތްތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށާއި އެގޮތުން ބިޑްތަކުގައި ބައިވެރިނުކުރުމާއި މާރުކޭޓާއި ޕާކިން ސްލޮޓްފަދަ ތަންތަން ހޯދަން ހުށަނޭޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު