ރާއްޖޭގައި ހިންގާ ނޭއްގާނީ ކަންކަން ހުއްޓުވަން އެންމެން އެކަތިގަނޑަކަށްވުމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބާގައި ސިޔާމް ފޮނުއްވި ހިތޯބުގައި ވިދާޅުވީ، މިއަދު މުސްލިމުންގެ އަދަދު ކިތަންމެ ގިނަ ނަމަވެސް، މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިންތިހާއަށް ގިނަ ކަމަށެވެ. އެގޮތުން ދީނުގެ އަދުއްވުން އަޑީގައި ތިބެ، އިސްލާމް ދީނުގެ އުސޫލުތައް މުގުރާލައި، ފިތުރަތުގެ ގާނޫނާއި ހިލާފު ހަރާމް ކަންތައްތައް ހަލާލުކުރުމުގެ އޮއިވަރެއް ފެތުރުމަށް ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ، ލާދީނީ ފިކުރުތައް ދިވެހިންގެ ތެރޭގައި ފަތުރައި، ދީނީ އިލްމުވެރިންނަށް ބަދުބަސް ބުނެ، އިލްމުވެރިންނަށް އަނިޔާކޮށް، ހަރުކަށިކަމުގެ ޓެގު އެ ފަރާތްތަކުގެ ބޮލުގައި އެޅުވުމަށް ކެނޑިނޭޅި މަސައްކަތްކުރާ ބަޔަކުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މިފަދަ ނޭއްގާނީ ކަންކަން ހުއްޓުވުމަށް އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަމެވެ." ސިޔާމް ވިދާޅުވިއެވެ.
ހިތޯބު ނިންމަވާލައްވަމުން ސިޔާމް ވަނީ ދީނީ އަޅުކަންތައް އަދާކުރުމަށް ސަމާލުކަންދީ، ކީރިތި ގުރުއާން ކިޔަވައި، ޒަކާތްދީ، ސޮދަގާތްކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު