ނ. ތޮޅެންދޫ ކުއްޔަށް ދިނުން ކޯޓުން ހުއްޓުވި މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ތޮޅެންދުއަކީ 1992 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން އެރަށުގެ މީހުން ވަނީ 1992 ވަނަ އަހަރު ނ. އަތޮޅުގެ އެކި ރަށްރަށަށް ހިޖުރަކޮށް ވަޒަންވެރިވެފައެވެ.
ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން މިދިޔަ މާޗު މަހު ސިވިލް ކޯޓުން އެންގީ އެރަށް ފިޝަރީޒް މިނިސްޓްރީން 21 އަހަރަށް ބަޔަކަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ.
އެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައެވެ.
އެހެންވެ، އެ މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާއިރު، އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ޚަބަރު
ޚަބަރު