ސިޔާސީ ވިސްނުމާއި މަސައްކަތުގައި ކިތަންމެ ހިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ހިފާއްޓަންޖެހޭ ހަމަތަކާއި އަހުލާގިއްޔަތަށް ރައްކާތެރިވުމަކީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަންޖެހޭކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށް ތުހުމަތު ކުރައްވައި، ސަރުކާރު ވައްޓާލަން މަސައްކަތް ފަށާނެކަމުގެ އިންޒާރު ދެއްވުމާ ގުޅިގެންނެވެ.
"ސިޔާސީ ވިސްނުމާއި މަސައްކަތުގައި ކިތައްމެ ހިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި ދުނިޔަވީގޮތުން ހިފާއްޓަންޖެހޭ ހަމަތަކާއި އަހުލާގިއްޔަތަށް ރައްކާތެރިވުމަކީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަންޖެހޭކަމެއް،" އިމްރާން ވިދާޅުވިއެވެ.
ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ހުރިކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ބައެއް އާއްމުންވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔައި ނުރުހުން ފާޅުކުރަން ފަށައިފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މަޖިލިސް މެންބަރުކަމުން ވަކިކުރުމަށާއި އެމްޑީޕީން ވަކިކުރުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ. އަދި އެއީ ރައީސް ސޯލިހު ބްލެކްމެއިލް ކުރުން ކަމަށް ބުނެ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު