އިންޑޮނޭޝިއާ އަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރަން ފަށައިފިއެވެ.
ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިންޑޮނޭޝިއާ އިން އޮން އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމަނާ މިއަދުން ފެށިގެން ވިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
އިންޑޮނީޝިއާއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވައިފައެވެ.
އިންޑޮނޭޝިއާއިން ރާއްޖެ ހިމެނޭހެން ޖުމުލަ 75 ގައުމަކަށް އޮން އެރައިވަލް ވިސާ މިހާރު ދޫކުރަމުންދެއެވެ.
އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.
ރައީސް އެގޮތަށް އެދިވަޑައިގެންފައިވަނީ އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ދޭވީ ގުސްތީނާ ޓޯބިންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވުމަށް މިދިޔަ މެއި 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު