މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ދިވެހިން ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ހެނދުނު 10:10 ގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، މިއަދު އައި ފަހު ގްރޫޕްގައި ހިމެނެނީ 177 މީހުންނެވެ.
މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދިވެހިންގެ ފުރަތަމަ ގުރޫޕު އެނބުރި ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެއީ ޖުމުލަ 157 މީހުންނެވެ. ދެވަނަ ގްރޫޕު އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ 175 މީހުންނެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކޯޓާ ދޫކޮށްފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު