ކ. ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހަކަށް އަނިޔާކުރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދިއްފުށީގައި އަނިޔާކޮށްފައި ވަނީ، ގއ. ވިލިނގިއްޔަށް ނިސްބަތްވާ މުހައްމަދު ޝިހާމަށެވެ. ގިނަ ބަޔަކު ނުކުމެ އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިންއިރު، ހަމަނުޖެހުން ހުއްޓުވަން ދިޔަ ފުލުހަކަށްވެސް ހަމަލާދީފައިވެއެވެ. އެ މައްސަލައިގައި 22 އަހަރުގެ ޒުވާނަކު ހައްޔަރުކުރިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ދިއްފުށީގައި ހިންގި މަރާމާރީއާ ގުޅިގެން މިހާތަނަކަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހާވެސް ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ފުލުހުން ވަނީ ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ. ނަމަވެސް އެކަން ކުރި ކަމަށް ތުހުމަތުވާ މީހާ އެކަން ދޮގުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު