އެމެރިކާގެ ޕޯޓްލެންޑުން އިންޑިޔާގެ ޗެންނާއީއަށް ބަލިމީހަކު އުފުލުމަށް އެއަރ އެމްބިއުލާންސެއް 26 ގަޑިއިރުގެ ދިގު ދަތުރެއް ކޮށްފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ބަލިމީހަކު ގޮވައިގެން އެއަރ އެމްބިއުލާންސެއްގައި ކުރި އެންމެ ދިގު ދަތުރެވެ. މިއީ ރިކޯޑެކެވެ.
އެމެރިކާއިން އިންޑިޔާގެ ޗެންނާއީއަށް ގެންދިޔަ ބަލިމީހަކީ އުމުރުން 67 އަހަރުވީ އަންހެނެކެވެ. ހިތުގެ އޮޮޕަރޭޝަނެއް ކުރަން ޖެހިގެން އޭނާގެ އާއިލާ ބޭނުންވީ އެމެެރިކާގައި އެކަން ނުކޮށް ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުގައި އޮޮަޕަރޭޝަން ކުރުމަށެވެ. އެމެރިކާގެ ޑޮކްޓަރުންނަށްވުރެ އެ އާއިލާއަށް އިތުބާރު ކުރެވުނީ ޗެންނާއީގެ ޑޮކްޓަރުންނަށެވެ. އެހެންވީމާ އިންޓަރނޭޝަނަލް ކްރިޓިކަލް ކެއަރ ޓްރާންސްފަރ ޓީމާ ގުޅައިގެން ވައިގެ އެމްބިއުލާންސެއް ކުއްޔަށް ނެގީއެވެ. މިއީ އިންޑިޔާގެ ބެންގަލޫރުގައި ގާއިމްކުރެވިފައިވާ ޓީމެކެވެ.
ބަލިމީހާ ދިރިއުޅެމުން އައީ އޭނާގެ ދަރީންގެ ކައިރީގައި އެމެރިކާގެ ޕޯޓްލެންޑުގައެވެ. އެރަށުން އިންޑިޔާގެ ޗެންނާއީއަށް ކުރި 26 ގަޑިއިރުގެ ދިގު ދަތުރުގައި ތިން މަންޒިލެއްގައި މަޑުކުރިއެވެ. އެއްފަހަރު އައިސްލެންޑުގައެވެ. އަނެއް ދެފަހަރު ތުރުކީގައެވެ. ތެޔޮއެޅުމާއި މަރާމާތަށް މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި އޭނާ އުފުލުމަށް ދެ ބޯޓެއް ބޭނުންކުރިއެވެ. ތުރުކީގައި ދެފަހަރަކު މަޑުކުރަންޖެހުނީ އެހެންވެގެންނެވެ.
މީގެ ކުރިން މި ޓީމުން ކުރި އެންމެ ދިގު ދަތުރަކީ ދެކުނު އެފްރިކާގެ ޖޮހަނެސްބާގުން އިންޑިޔާގެ ޗެންނާއީއަށް ކުރި 18 ގަޑިއިރުގެ ދަތުރެކެވެ. އެފަހަރު އުފުލާފައިވަނީ ކެންސަރުގެ ބަލިމީހެކެވެ. އެއީ ކޮވިޑުގެ ތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލެވިފައި އޮތް ދުވަސްވަރު ކުރަން ޖެހުނު ދަތުރެއްކަމަށް އެނގިފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ